ކުރިއަށްދާން ބޭނުންވަންޏާ ޑިސިޕްލިންއާ އެކީގަ މަސައްކަތް ކުރެވޭތޯ ބަލާ! ސައިފް


ފުރަތަމަ މީހުންގެ ތެރެއަށް ސައިފް އަސްލު ނިކުމެގެން އައީ 2010 ވަނަ އަހަރު ރާއްޖޭގަ ބޭއްވުނު Red Bull Street Style މުބާރާތުން ޗެމްޕިއަންކަން ލިބުމާ އެކީގަ. ދެން 2012 އަހަރުގެ Red Bull މުބާރާތް ބޭއްވިގެން ދިޔައިރު އެ އަހަރުވެސް ޗެމްޕިއަންކަން ލިބުނީ ސައިފަށް. ދެން މިއީ އަސްލު އާންމުންގެ ތެރެއަށް މި face އެއްގެ ގޮތުގަ ނިކުންނަން ލިބުނު ފުރުސަތަކީ. ދެން އެ ފުރުސަތުގެ ބޭނުން ހިފައިގެން ނިކުމެގެންދިޔަ ގޮތަށް އިރާދަކުރެއްވިއްޔާ މިއަދާ ހަމައަށްވެސް މެދުކެނޑުމެއް ނެތި ސައިފް މިއިންނަނީ freestyle ގެ ތެރޭގަ މަސައްކަތް ކުރަމުން. އަދިވެސް ހަމަ މިއަދާ ހަމައަށްވެސް އެކި އެކި ރަށްރަށަށް ގޮސް އެކި resort ތަކުގަ އެކި އެކި ހަފްލާތަކުގަ freestyle perform ކުރަމުން އަންނަ މީހެއް ސައިފަކީ.

 ދެން އޭގެ ތެރޭގަ އުޅެމުން ނިކުމެވުނީ ބޮޑުބެރުގެ ދާއިރާއަށް. ނިކުމެ ބޮޑުބެރުގެވެސް ހަމަ އެ show ތަކުގެ ތެރޭގަ ވަރަށް ގިނަ ދުވަސްތަކެއް ހޭދަކޮށް އެންމެ ފަހުން އަމިއްލަ group އެއް ހަދައިގެން group manage ކުރުމުގެ ދާއިރާގަވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު.


ދެން ހަމަ އެއާ އެކީގަ އެކު އެކީގަ ކުރެވުނު މަސައްކަތަކީ TV presenting. ގާތްގަނޑަކަށް 2018 ވަނަ އަހަރު ހިސާބުގަ ފެށުނު ގޮތަށް މިއަދާ ހަމައަށްވެސް ހަމަ TV ގެވެސް އެކި އެކި މަސައްކަތްތައް ކުރެވެމުން މިއަންނަނީ. ދެން މިހާރު މި ވޭތުވެދިޔަ ދެ އަހަރު ތެރޭގަ ބޮޑަށް މި މަސައްކަތް ކުރެވެނީ social media ގަ influencer އެއްގެ މަސައްކަތްތައް މި ކުރެވެނީ.


މި ބުނި ހުރހާ ދާއިރާއެއްގަ މަސައްކަތް ކުރިއިރުގަވެސް ހަމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި. އިނގޭ އަސްލު freestyle ގެވެސް އަސްލު ރާއްޖެއަށް މުޅިން އާ ކުޅިވަރެއް ދެން ސައިފް އެކަނި މިކަމުގެ ފޭސް އެކުގަ ފްރީސްޓައިލް ގަޑިއެއްގަވެސް މިހުންނަނީ. އެހެންވީމަ އެއީ އަސްލު ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް ބޭނުންވޭ ގިނަ ކުދިންތަކެއް މި ދާއިރާއިން ނެރެންވެސް. މި ބުނި ކަންތައްތަކުގެ އިތުރުންވެސް ސައިފްއަކީ އަސްލު ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެއް އިނގޭ. ދެން މި މަސައްކަތުގަ ސައިފް އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ މަންމަގެ އެހީތެރިކަން ލިބޭކަން. ހަމަ އެންމެ ކުޑައިރުއްސުރެ ސްކޫލް ނިމުނުއިރުއްސުރެ ފެށިގެން މިކުރާ ހުރިހާ މަސައްކަތެއްގަވެސް މަންމަގެ ވަރަށް ފުލް ސަޕޯޓް އަބަދުވެސް ލިބޭ އިނގޭ. ދެން ހަމަ އާއިލާ އެންމެންގެވެސް ހަމަ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް ސައިފަށް ލިބޭ. ސައިފްއާއެކު އުޅުނު ރައްޓެހިންގެވެސް ހަމަ ވަރަށް ސަޕޯޓް ސައިފަށް ލިބޭ އަބަދުވެސް. އެމީހުންގެ އެހީތެރިކަން ސައިފަށް ލިބޭ އިނގޭ. މިހާރު ކޮންޓެންޓް ކްރިއޭޝަންގަ މަސައްކަތް ކުރާއިރުގަ އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ އަޅުގަނޑުގެ ލައިފް ޕާޓްނަރުގެ އެހީތެރިކަން. ހަމަ ވަރަށް ބޮޑu ޝުކުރެއް އަދާކުރަން ބޭނުން. ވަރަށް ބޮޑު ބައެއް ވަރަށް ބޮޑު ހިއްސާއެއް ޕާޓްނަރުގެ އެބަ އޮތް.


 ފްރީސްޓައިލިން ކަމުގަ ވިޔަސް ޓީވީ ޕްރެޒެންޓިން ކަމުގަ ވިޔަސް އަދި ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޝަން ކަމުގަ ވިޔަސް ސައިފަށް އެނގޭ މި ދާއިރާތަކަށް ވަރަށް ޝައުގuވެރިވާ ޒުވާނުން މިހާރު ވަރަށް ގިނަކަން. ސައިފްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ބޭނުން ކުއްޖަކު ހުރިއްޔާ ހަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ސައިފާ ކޮންޓެކްޓް ކުރަންވީ. ސައިފަށް ވެދެވެން އޮތް އެހީތެރިކަން ކޮންމެ ކުއްޖަކަށްވެސް ވެދެވޭނެ އިނގޭ.

ތިޔަ ކުދިންނަށް ލިބޭ ކޮންމެ ކުޑަކުޑަ ފުރުސަތެއްވެސް ބޭނުން ކުރާށޭ. ކުރިއަށްދާން ބޭނުންވާ ކުއްޖަކު ކަމަށްވަންޏާ ޑިސިޕްލިންއާ އެކީގަ ކޮންސިސްޓެންޓް މަސައްކަތްތަކެއް ކުރެވޭތޯ ބަލާށޭ. އެ އޯކޭ ކޮންމެ ދާއިރާއެއް ކަމުގަ ވިޔަސް ކުޅިވަރު ވިޔަސް މިއުޒިކާ ފިލްމު ވިޔަސް ކްރިއޭޓިވް ދާއިރާއެއް ކަމުގަ ވިޔަސް މައްސަލައެއް ނެތް. އެއްވެސް ދާއިރާއަކުން ހަމަ ގިވްއަޕް ނުކޮށް ގަދައަޅާ ހިއްވަރާއެކީގަ މަސައްކަތް ކުރަމުން ގެންދާށޭ. އޭރުން އިރާދަކުރެއްވިއްޔާ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބު ލިބޭނެ

ގުޅުންހުރި ލިޔުންތައް