މިއީ ޕްރޮޓީން މުއްސަނދި، އަދި ފެޓް މަދު އުފެއްދުމެއް! :ރައި

އަހަރެންގެ ނަމަކީ މުހައްމަދު ރައްޔާން ތޮއްޔިބްއެވެ. ގިނަ މީހުން އަށް އިނގޭ ގޮތުގައި ‘ރައިޔްއެވެ’. އަހަރެން އަކީ ރާޅާ އަޅާ މީހެއް އަދި ‘ ކްރީމީ ވޭވް’ ގެ ފައުންޑާ އެވެ. މީ އަހަރެންގެ ދަތުރެވެ.

ކްރީމީ ވޭވް، މިއީ ސީދާ ހޯމް ބޭސް އުފެއް ދުމެކެވެ. މި އީ ސަތޭކަ ޕަސެންޱު ދިވެހި ރާއްޖޭ ގެ އުފެއްދުމެކެވެ. ކްރީމީ ވޭވްގެ ހުރިހާ އުފެއް ދުމެއް މާލެ އަދި ހުލުމާލޭގެ ‘ ލިޱުލް ފީނޯ’ ، ‘ ވިމް’ އަދި ‘ ފެމެލީ ގުރޯސާ ‘ މި ފިހާރަތަކުން އަދި ޑެލިވަރީ އަށްވެސް ލިބި ވަޑައި ގަންނަވާނެ އެވެ.

މިހާ ތަނައް ނެރެވިފާ ވަނީ ދެ ވައްތަރެއްގެ ރަހައެކެވެ. އެއީ ޕީނަޓު ބަޓަރާއި އަދި ކެޝޫ ނަޱް އެވެ. ޕީނަޱް ބަޱާރ ތައްޔާރު ކޮއްލާފައި ވަނީ ހަމަ އެކަނި ޕީނަސް ބޭނުން ކޮއްގެން، އިތުރު އެއްވެސް ބާވަތެއް ހަކުރު، ތެޔޮ ، ލޮނު މިފަދަ ތަކެތި ނުހިމަނައެވެ. ހަމަ އެފަދައިން ކެޟޫ ބަޱަރ ވެސް ތައްޔާރު ކޮއްލާފައި ހުންނާނީ އިތުރު މާއްދާއެއް ނުހިމަނާ ހަމަ އެކަނި ކެޝޫ ބޭނުން ކޮއްގެންއެވެ.

މީގެ އިތުރުން އަވަސް މުސްތަގުބަލެއް ގައި އާލްމަންޑު ބަޓަރު އަދި ޕިސްޓާޟިއޯ ބަޓަރު ވެސް ތައާރަފް ކުރެވޭނެ އެވެ. މިއާ އިތުރައް ލިމިޓަޑް އެޑިޝަން ކަނަމަދު ބަޓަރު ވެސް ހިމެނެއެވެ.

މި އުފެއްދުމަކީ ރާއްޖޭގައި ސިއްހަތަށް ލޯބި ކުރާ ބޭފުޅުނާއި ރާޅާ އެލުން ފަދަ ކުޅިވަރު ތަކަށް ލޯބި ކުރާ ބޭފުޅުން އަށް ވަރައް މުހިންމު އުފެއްދުމަކައް ވާނެއެވެ. އެއީ މި އުފްދުމަކީ ފުލް ޕުރޮޓީނުގެ ބާވަތަކައް ވެފައި ސަތޭކަ ޕަސަންޓު ގުދްރަތީ މާއްދާ ތަކުގެ އުދެއްދުމަކަށް ވާތީއެވެ.

މި ބަޓަރު ތައް އުފެއް ދުމުގައި މި ނަޓު ތައް ރޯސްޓު ކޮއްލާނީއެވެ. އެއަށް ފަހު މެޝިނައް އަޅާލުމުން އޭގަ އުފެދިފާ ހުންނަ ގުދުރަތީ ތެލުންތައްޔާރު ކޮއްލެވޭ ޕޭސްޓަކުން ތައްޔާރު ކޮއްލެވޭ އުފެއްދުމެކެވެ.
ކުރިން ވެސް ދެންނެވި ހެން މި ޕުރޮޑަކްޓަކީ އިތުރު މާއްދާ ތަކެއް ނުހިމަނާ ގުދުރަތީ މާއްދާތަކުން ޔައްޔާރު ކުރެވިފައިވާ އުފެއްދުމެކެވެ. މީގެ ފުޅި އަކީ ކަބަޑުގައި، އައިސް އަލަމާރިއަށް ނުލާ ދިހަ މަސް ދުވަސް ބޭނުން ކުރެވޭނެ ފުޅިއެކެވެ.

ގުޅުންހުރި ލިޔުންތައް